Last Updated: April 7, 09:48
Monday, April 7, 2025
ޚަބަރު

ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މީހާ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ވެސް ޖަހައިފަ އެވެ.

ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމާއި އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް ވަޒަންތަކެއް ފެނިގެން އެއާޕޯޓުް ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން 2021 ގައި ވީއައިއޭގައި ނެމީބިއާ މީހެއްގެ އަތުން ވަޒަންތަކެއް ފެނިފައިވެ އެވެ. އަދި 200 ގައި ދިވެއްސެއްގެ އަތުން ބްލޭންކް ވަޒަނެއް ފެނިގެން ވެސް ހައްޔަރުކުރި އެވެ.