Last Updated: April 9, 18:10
Wednesday, April 9, 2025
ޚަބަރު

މުޝްފިގު އަދިވެސް ނުފެނޭ

މިދިޔަ ބުދަ ރޭ އަލިފާން ރޯވެ، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓުން" ގެއްލުނު ޒުވާނާ ހޯދުމަށް އިއްޔެ ވެސް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން އަންނަނީ ލ.މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް އެވެ.

އެމްއެންޑީއެފުން ބުނީ މުޝްފިގް ހޯދުމަށް ސާފަސް ސާޗުގެ ގޮތުގައި 53.04 ސްކޮޔާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި އަދި ޑައިވްކޮށްގެން 64،240 އަކަމީޓަރު ބަލާފައިވާއިރު ވައިގެ މަގުން 1545 ސްކޮޔާ މޭލު (4،000 އަކަމީޓަރު) ބަލާފައިވާ ކަމަށެވެ.

މުޝްފިގު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކަނޑާއި ވައިގެމަގުން އަދި ޑައިވަރުންގެ އެހީގައި ކުރަމުންނެވެ.

މި ބޯޓުން 18 މީހަކު ދަތުރުކުރިއިރު އޭގެތެރެއިން 17 މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ