ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކައްޕި އަށް ސްޓްރޯކެއް ޖެހުނީ އޮފީހުގެ މަސައްކަތެއްގައި އުޅެނިކޮށެވެ. އޭނަ އަކީ ސްޓެލްކޯގެ މުވައްޒަފެކެވެ.
ކައްޕިއަށް ފަރުވާ ދެވެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.
ކައްޕިއަކީ ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ޑިފެންޑަރެވެ. ވިކްޓްރީ އަށް 1992-2002 އަށް ކުޅުނު ކައްޕި އަކީ އެ ޓީމުން ވިދައިލި އެންމެ ފާހަގަކޮށްލެވޭ އެއް ތަރި އެވެ.
ކައްޕި ކުޅުން ހުއްޓާލީ 2003 ގަ އެވެ. އެއީ އަހަރު ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު އެވެ. ކައްޕި އަކީ 1997 ގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ރާއްޖެ ދިޔަ އިރު އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.