Last Updated: April 7, 06:14
Monday, April 7, 2025
ޚަބަރު

ޑޮލަރު މާރުކުރުމުގައި ސަމާލުވާން އެދިއްޖެ

ޑޮލަރު މާރުކުރުމުގައި ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުންގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން ވަނީ ބޭރު ފައިސާ ގަނެވިއްކާ ފަރާތްތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހުއްދަ އޮވެގެން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެދިފަ އެވެ. އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު އެމްއެމްއޭގެ ވެބްސައިޓުން ފެންނަން ހުންނާނެކަން ވެސް ހަނދާންކޮށް ދީފައިވެ އެވެެ ކްރައިމް ޑިޕާޓްމަންޓުން ފާހަގަކުރެއެވެ.

ޑޮލަރު މާރު ކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފައި މި ވަނީ މި ފަހުން ވައިބާ ހެކްކޮށްގެން މީސްމީހުންގެ ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ. އެހެންވެ ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީން ކުރުމާއި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް އެދިފައިވެ އެވެ.

ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ހިންގާތީ އެކަމަށް ވެސް ސަމާލުވުމަށް ފުލުހުން އެދިފައި އެވެ.

ނެޝަނަލް އިމަޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް ސްކޭމްއާ ގުޅުން ހުރި މައްސަލަތައް ރިޕޯޓްކުރެވޭނެ އެވެ.

މާލެ އާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށް ވެސް އެފަދަ މައްސަލަތައް ހުށަހެޅޭނެ އެވެ.