Last Updated: April 7, 09:03
Monday, April 7, 2025
ޚަބަރު

ބަނގުރަލާ އެކު ބިދޭސީންތަކެއް ހައްޔަރަށް

ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ހުޅުމާލެ އިން ދެ ބިދޭސީ ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ޓަކް ބަހާދުރު ރިލަމީ ކިޔާ ނޭޕާލްގެ 34 އަހަރުގެ މީހަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ބަހާރުއްދީން، 34، އެވެ.

ފުލުހުން ބުނީ އެދެ މީހުންނަކީ ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރޭ 10:00 އެހައިކަންހާ އިރު ޕެޓްރޯލް ކުރަމުންދިޔަ އިރު، ރީތިގަސް މަގު ބުރިޖު ދަށުން ޑިންގީއަކުން ފޭބި ދެ މީހުން ކަމަށެވެ. އަދި ފޮށިގަނޑެއް ހިފައިގެން ޑިންގީން އެ ދެ މީހުން ފޭބި ވަގުތު ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ގެންގުޅުނު ފޮށިގަނޑު ބަލައިފާސްކުރި އިރު 72 ދަޅު ބަނގުރާ ފެނިފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.