މިދިޔަ މަހުގެ ތެރޭގައި އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އޭނަ މާލެ ގެނެސް މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އުމުރުން 31 އަހަރުގެ އެ މީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި ހާލު ދެރަކަމުން މިހާތަނަށް އޮތީ ވެންޓިލޭޓަރުގަ އެވެ.
ނަމަވެސް އޭނަގެ ހާލު ވަރަށް ބޮޑުތަނުން ރަނގަޅުވުމާ ގުޅިގެން ވެންޓިލޭޓަރުން މިހާރު ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ގޭގެ ކޮޓަރީގައި ރޯވި ހާދިސާގައި އެ މީހާގެ އަންހެނުން ވެސް ވަރަށް ބޮޑަށް ފިހި، އައިޖީއެމްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ފައި ވަނީ ނިޔާވެފަ އެވެ.
ދެމަފިރިންގެ ކޮޓަރީގައި ރޯވި ހާދިސާ ފުލުހުން ތަހުގީގު ކުރަމިން އަންނަ އިރު، އެ ހާދިގާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.