ހުޅުމާލޭގައި ހެދި "އޮޅު ހިޔާ" އަށް ބުޅާތައް ގެންދަން ފެށި ފަހުން މިހާތަނަށް އެތަނުގައި 30 ބުޅާ ބަލަހައްޓަމުން އަންނަ ކަމަށްވާ ދިރާތަކެއްޗާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
"އޮޅު ހިޔާ" އަކީ މާލޭގެ މަގުތައް މަތީގައި ބުޅާތައް ގިނަވެ، އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ދިމާވަމުންދާތީ އާއި ބުޅާތަކަށް ބޭނުންވާ ލޯތްބާއި އަޅާލުން ދިނުމުގެ ގޮތުން ހެދި ތަނެކެވެ. މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ހެދި އެ ފެސިލިޓީ އަށް ބުޅާތައް ގެންދަން ފެށީ ފެބްރުއަރީ މަހުގެ ފަހިކޮޅު އެވެ.
"އޮޅު ހިޔާ" ހަދާފައި ވަނީ ބުޅާތަކަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ހިދުމަތްތައް ލިބޭ ގޮތަށެވެ.
ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭގެ މަގުތަކުން ބުޅާތައް ނަގައިގެން ފެސިލިޓީގައި ބަލަހައްޓަމުން ގެންދާނެ އެެވެ.