Last Updated: April 7, 18:07
Monday, April 7, 2025
ޚަބަރު

އަލީ ރަމީޒުގެ ފުރަތަމަ ބަންގާޅު ދަތުރު

އަލީ ރަމީޒް ބަންގްލަދޭޝް އަށް ކުރި ފުރަތަމަ ދަތުރުގެ ވީޑިއޯ ޔޫޓިއުބްގައި މިއަދު އާންމުކޮށްފި އެވެ.

ބައި ގަޑިއިރަށް ވުރެ ދިގު ވީޑިއޯގައި ރާއްޖެ އިން ފުރުމާ ހަމައިން ފެށިގެން ބަންގްލަދޭޝް އަށް ގޮސް އެ ގައުމުގައި ކަންކަން ކުރިއަށް ދިޔަ ގޮތް ހިމަނާފައިވެ އެވެ.

އަލީ ރަމީޒް ބަންގްލަދޭޝް ދިޔައީ 'ހިދުމަތް' ޖަމިއްޔާގެ ދައުވަތަކަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. އެގޮތުން އެ ޖަމިއްޔާގެ ޓީމަކާ އެކު އޭނަ އެ ގައުމަށް ފެބްރުއަރީ މަހުގެ 26 ގަ އެވެ.

'ހިދުމަތް' ޖަމިއްޔާ އަކީ ދިވެހިންގެ ދީލަތި އެހީއާ އެކު އެކިއެކި ގައުމުތަކުގައި ހާލުގައި އުޅޭ މީހުންނަށް އެހީވުމާއި މުސްލިމުންނަށް މިސްކިތްތައް ބިނާކޮށް ދިނުމާއި އަދި އެ ނޫން ވެސް ގޮތްގޮތުން އެހީވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ބަންގްލަދޭޝް ދަތުރުގައި ވެސް މިސްކިތްތަކެއް ހުޅުވާފައިވެ އެވެ.

އަލީ ރަމީޒު ބައިވެރިވި ދަތުރުގައި ހިދުމަތް ޖަމިއްޔާގެ އެހީގައި ބިނާކުރި މިސްކިތްތަކެއް ހުޅުވި އިރު، ބައެއް މިސްކިތްތަކުގައި އަލަށް ބަންގި ގޮވައި އޭނަ އިމާމުވެ، ނަމާދު ވެސް ކުރި އެވެ.