މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލީ، ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތަކަކާ ގުޅިގެން އޭނަ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދަނިކޮށް އަމިއްލަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަޒީން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 17 ގަ އެވެ. ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަޒީން ބްރޯޑްކޮމަށް އައްޔަންކުރީ މާޗް 7، 2021 ގަ އެވެ.
އެހެންވެ ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލައި ޝައުގުވެރިވާ ފަރާތްތަކަސް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 15 އާ ހަމައަށެވެ.
ފޯމް ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.