Last Updated: April 7, 17:58
Monday, April 7, 2025
ޚަބަރު

އޭސީސީގެ ރައީސް ގޮވައިގެން އަޒްމިރާލްދާ ޕޮލިހަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް އެދި ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް އޭސީސީން ފަށައިފައި ނުވަނީސް ފަނޑިޔާރުގެ މައްޗަށް ތަހުގީގެއް ހިންގަމުން އަންނަ ބުނެ ޝާމިލް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުވައި، ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް އަޒްމިރާލްދާގެ ގާނޫނީ ޓީމުން ބުންޏެވެ.

އެހެންވެ މައްސަލައިގައި ޝާމިލްގެ މައްޗަށް ޖިނާއީ ތަހުގީގެެއް ހިންގައި ދިނުމަށް މިއަދު ފުލުހުންގެ ޚިދުމަތަށް މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އަޒްމިރަލްދާ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ޑރ. އަޒްމިރަލްދާ ޒާހިރު

އެ ތުހުމަތުކޮށްފައި ވަނީ އޭނަގެ ޑރ. އިސްމާއީލް ލަތީފް ސްޕާއެއްގައި ހުންނަވަނިކޮށް ހައްޔަރުކޮށް މިދިޔަ ޑިސެމްބަރު 5 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރި އިރު، އޭނާ ބަންދުން ދޫކޮށްލުމަށް އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ.

ނަމަވެސް އެ ތުހުމަތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވަ އެވެ.