މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މުހައްމަދު ޝިމާލް މިއަދު އައްޔަނުކޮށްފި އެވެ.
އެމްއެމްއާރްއައިގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ޝާފިޔާ ނައީމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިވީ އެ އިދާރާގައި 24 އަހަރަށް ވުރެން ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހުގަ އެވެ.
އެމްއެމްއާރްއައި އިން ބުނީ ޝިމާލް އަކީ އެ އިންސްޓިޓިއުޓްގެ ރިސާޗް ޕްރޮގްރާމްތަކުގައި މަސައްކަތްކޮށް ބައެއް ޕްރޮޖެކްޓްތައް ތަރައްގީކޮށްފައިވާ ފަރާތެއް ކަމަށެވެ.