ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކާފޫރުތޮޅި އިޝްތިހާރުކޮށްފި އެވެ.
އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އިންޑިއަން ބްރޭންޑް އިކިއުޓީ ފައުންޑޭޝަން (އައިބީއީއެފް) އިން މާކެޓް ކުރާ "އެލެއްޕީ ގްރީން ކާޑަމަން" އިންޑިއާ ހައި ކޮމިޝަނުން މިއަދު ދިވެހި ބަހުން ކުރި ޕޯސްޓެއްގައި އިޝްތިހާރުކޮށްފައިވެ އެވެ.
އެގޮތުން އެލެއްޕީގެ ފެހި ކާފޫރުތޮޅީގެ ރަހަ ވަރަށް ތަފާތު ވާނެ ކަމަށް ބުނެފައިވެ އެވެ.
"މީގެ ޙާއްސަ ރަހަ އާއި ހުންނަ ފެހި ކުލައިން މިއީ ކޮންމެ ބަދިގެއަކަށް ވެސް ކޮންމެހެން ބޭނުންވާ އެއްޗެއް." ކޮމިޝަންގެ ޕޯސްޓްގައި ބުންޏެވެ.