Last Updated: April 12, 21:53
Saturday, April 12, 2025
ރިޕޯޓް

ހިޖާމާ؛ ޞިއްހީ ގޮތުން ސާބިތު ފަރުވާއެއްތޯ؟

އާނއެކެވެ. ހިޖާމާ އަކީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ، ޑަބުލިޔުއެޗްއޯ އިން ހުއްދަ ދީފައިވާ ފަރުވާއެކެވެ. ޒަމާނީ ބޭސްވެރިކަމުގެ އެއް މޭސްތިރިޔާ އަދި މަޝްހޫރު ޖޯން ހޮޕްކިންސް ހޮސްޕިޓަލްގެ އެއް މަސްއޫލްވެރިޔާ ޑރ. ވިލިއަމް އޮސްލާ ވަނީ ނޭވާލާ ނިޒާމްގެ ބައްޔެއް ކަމަށްވާ ބުރޮންކޯ ނިއުމޯނިއާ އާއި އެކިއުޓް މައިލައިޓިސްއަށް ފަރުވާއެއްގެ ގޮތުގައި ހިޖާމާ ޖެހުމަށް ވެސް އިރުޝާދު ދެއްވައިފަ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ތަފާތު އެކިބަލިތަކުން ޝިފާ ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންތައްތައް ބަޔާން ކުރައްވާފައިވެ އެވެ. އެގޮތުން އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ ހިޖާމާ (ކަވާ) ޖެހުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ أَوْ هُوَ مِنْ أَمْثَلِ دَوَائِكُمْ(1) ”ތިޔަބައިމީހުންގެ ފަރުވާތަކުގެ ތެރެއިން އެންމެމޮޅު ފަރުވާއެއްކަން ކަށަވަރީ ޙިޖާމާ(ކަވާ) ޖެހުމެވެ. ނުވަތަ އެއީ ތިޔަބައިމީހުންގެ ބޭސްތަކުގެ ތެރެއިން އެންމެމޮޅު ބޭހެވެ."

އެހެންކަމުން އިސްރާ އާއި މިޢުރާޖުގެ ދުވަހު މަލާއިކަތްބޭކަލުން ވަނީ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައަށް ޙިޖާމާ ޖެއްސެވުމަށް އިރުޝާދު ދެއްވުމަށް ފަހު، މިއުއްމަތަށް ހިޖާމާޖެހުމަށް އަމުރުކުރުމަށް އިރުޝާދު ދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެ އެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا كُلُّهُمْ يَقُوْلُ لِيْ : عَلَيْكَ يَا مُحَمَّدُ بِالْحِجَامَةِ(2) “ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ހިޖާމާޖައްސަވާށެވެ” މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ.” އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ. مَا مَرَرْتُ لَيْلَةَ أُسْرِيَ بِيْ بِمَلَأٍ مِنَ الْمَلَائِكَةِ إِلَّا قَالُوا : يَا مُحَمَّدُ مُرْ أُمَّتَكَ بِالْحِجَامَةِ (3) “ތިމަންކަލޭގެފާނާއިގެން އިސްރާ ކުރެވުނުރޭ، “އޭ މުޙައްމަދެވެ. ކަލޭގެފާނުގެ އުއްމަތަށް ޙިޖާމާޖެހުމަށް އަމުރުކުރާށެވެ” މިހެންވިދާޅުނުވާ މަލާއިކަތްބޭކަލެއް ތިމަންކަލޭގެފާނާއި ބައްދަލެއްނުވެއެވެ.”

އާދެ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޙިޖާމާ ޖައްސަވައިފަ އެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا : أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ احْتَجَمَ وَهُوَ مُحْرِمٌ وَاحْتَجَمَ وَهُوَ صَائِمٌ (4) “އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުންރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އިޙުރާމްބަންނަވައިގެން ހުންނަވައި ޙިޖާމާޖެއްސެވިއެވެ. އަދި ރޯދައަށް ހުންނަވައިގެން ޙިޖާމާޖެއްސެވިއެވެ.” އަދި އެކަލޭގެފާނުވަނީ އުއްމަތަށް ޙިޖާމާޖެހުމަށް އިރުޝާދުދެއްވާފައެވެ. وَ مَا اشْتَكَى أَحَدٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَجَعًا فِيْ رَأْسِهِ إِلَّا قَالَ : احْتَجِمْ(5) ”ބޮލުގައި ރިއްސާތީ ޝަކުވާކުރާ ކޮންމެ މީހަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައެވެ: “ޙިޖާމާ ޖަހާށެވެ.”

ޙިޖާމާ ޖެހުމުގެ ބައެއް ފައިދާތައް:

* ލޭ ސާފުވުން
* ހިތުދަސްކުރުމުގެ ބާރު ގަދަވުން
* އަންނަނިވި ކަންތައްތަކުން ސަލާމަތްވުން.
* މަސްގުޅަކެއުން
* ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް.
* ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް
* ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް
* ލޭމަތިވުން
* މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން
* ނިދިގިނަވުމާއި ކަންނެތްކަން
* ހަމުގެ މައްސަލަތައް
* ޒަޚަމުވެފައިވާ ތަންތަން ދޮސްގަތުން
* ވައިއުފެދުމުގެ (ގެސްޓްރިކް) މައްސަލަތައް
* ކެއްސުން
* ބަނޑުހަރުވުމާއި ބަނޑުދިޔާވުން
* ހިތުގެ ބަލިތައް
* ހަކުރުބަލި
* ލޮލުގެ ބަލިތައް
* ވާގިނެތޭބަލި
* ސިޙުރު

އަދިވެސް އެތައް ފައިދާތަކެއް ޙިޖާމާ ޖެހުމުގައިވެ އެވެ. އެކި ކަންކަމުން ސަލާމަތްވުމަށްޓަކައި ޙިޖާމާ ޖަހާނީ އެކި ތަންތާނގަ އެވެ. ކޮންމެ ކަމަކަށް ވެސް ޖަހަންވާ ތަން ހިޖާމާ ޖަހާނެ ގޮތް ކިޔަވައިގެން ތިއްބަވާ ބޭފުޅުންނަށް އެނގިލައްވާނެ އެވެ.

މަސްދަރު: އިލްމު.އެމްވީ

ހިޔާލު ފާޅުކުރައްވާ