ބޮޑު ޗުއްޓީ އަށް ފަހު 90،000 އެއްހާ ދަރިވަރުންނާ އެކު މި އަހަރުގެ ދިރާސީ އަހަރު ފަށައިފި އެވެ.
ސަރުކާރުގެ 217 ސްކޫލްއެއްގައި 84000 އެއްހާ ދަރުވަރުން ކިޔަވާ އިރު، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދު ނިސްބަތުން އިތުރެއެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ 33 ޕަސެންޓް ދަރިވަރުން ދިރާސީ އާ އަހަރުގައި ކިޔަވާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު މާލޭ ސަރަޙައްދުގެ ގްރޭޑް 1 އަށް 2،000 އަށްވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވެ އެވެ. ކަމަށެވެ. އަދި މިއަހަރު މުޅި ރާއްޖެއިން 5000، އަށް ވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވައްދާފައިވެ އެވެ.
ދިރާސީ އާ އަހަރުގައި އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަޙައްދުގެ ސްކޫލުތަކަށް 1،200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވެ އެވެ. އަދި އަތޮޅުތެރޭގެ އެއް ސުކޫލުން އަނެއް ސްކޫލްއަށް 500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވެ އެވެ.
މި އަހަރު 11،000 ޓީޗަރުން ހަރަކާތްތެރިވާ އިރު ސަރުކާރުގެ ސްކޫލްތަކުގައި 10،000 ޓީޗަރުން މަސައްކަތް ކުރާނެ އެވެ. މުޅި ތަޢުލީމީ ދާއިރާއަށް ބަލާއިރު އެއީ ކޮންމެ 8 ކުއްޖަކަށް ޓީޗަރެކެވެ.