Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

ކުޅުދުއްފުށިން ކްލައިމެޓް ޗެމްޕިއަނުން ހޯދަނީ

ކުޅުދުއްފުށި ސިޓީ ކައުންސިލްުން ކުރިއަށް ގެންދާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން "ކްލައިމެޓް ޗެމްޕިއަންސް" ގެ ގޮތުގައި މަސައްކަތްކުރަން ޝައުޤުވެރިވާ އެ ރަށުގެ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

"ކްލައިމެޓް ޗެމްޕިއަންސް" ކަމަށް ކުރިމަތިލެވޭނީ ކުޅުދުއްފުށީގައި ރަށްވެހިކަން އޮންނަ އުމުރުން 16-35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މިކަމަށް ކުރިމަތިލާ މީހުންނަކީ ތިމާވެށި ރައްކާތެރި ކުރެވޭ މަސައްކަތަކަށް ޝައުގުވެރިވާ އަދި މުޖުތަމަޢީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޝަޢުޤުވެރިކަން ވެސް ހުންނަ މީހުންނަށް ވާން ޖެހެ އެވެ.

ކްލައިމެޓް ޗެމްޕިއަންސްގެ ގޮތުގައި ނަގާ މީހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޙަރަކާތްތަކުގައި އިސްނަގައިގެން ބައިވެރިވުމާއި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެ ދިނުމާއި ތިމާވެއްޓ ރައްޓެހި އާދަތައް އާންމު ކުރުމަށް މަސައްކަތްކުރުމާއި ކުޅުދުއްފުށި ކައުންސިލުން ކުރިއަށްގެންދާ ތިމާވެށީގެ މަޝްރޫޢުތަކުގައި އިސްނަގައިގެން ބައިވެރިވުމުގެ އިތުރަށް މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނާ އެކު މަސައްކަތްކޮށް، އެމީހުންގެ ބައިވެރިވުން އިތުރުކުރުމެވެ.

އެހެންވެ ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު މި ނަމްބަރު އިން 6527196 ހޯދޭން އެވެ. އަދި ފޯމު މި ލިންކް forms.office.com/r/j01suDDCMb އިން ފުރާލެވޭނެ އެވެ.