Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

ތަންްފީޒީ 3 އިދާރާއަކަށް ހާއްސަ ވޯކްޝޮޕެއް ފަށަައިފި

ދިވެހި ފުލުހުންނާއި ކަސްޓަމްސްގެ އިތުރުން އިމިގްރޭޝަންގެ އޮފިސަރުންނަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް ވޯކްޝޮޕެއް ފަށައިފި އެވެ.

އިއްޔެ ފެށި ދެ ދުވަހުގެ މި ވޯކްޝޮޕްގައި ކަސްޓަމްސް ގެ 12 އޮފިސަރަކާއި އިމިގްރޭޝަންގެ 12 އޮފިސަރެއްގެ އިތުރުން 11 ފުލުހަކު ބައިވެރިވެ އެވެ.

މިއީ މި ތަމްރީންގެ ފުރަތަމަ ބެޗެވެ.

ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނަށް ދޭ މި ތަމްރީނުގެ އަމާޒަކީ ގާނޫނު ތަންފީޒު ކުރުމަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ ހުނަރާއި މައުލޫމާތު ފޯރުކޮށް ދިނުމެވެ.

އެގޮތުން ވޯކްޝޮޕްގައި ހިއުމަން ޓްރެފިކިން އާއި ކްރިމިނަލް ރިސާޗާއި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހޯދާނެ ގޮތާއި ފޮރިންސިކް ޑޮކިއުމެންޓްތައް އެނަލައިޒް ކުރާނެ ގޮތްތަކާ ބެހޭ ހާއްސަ ހުނަރުތައް އޮފިސަރުންނަށް ދަސްކޮށްދޭނެ އެވެ.