Last Updated: April 9, 22:41
Wednesday, April 9, 2025
ޚަބަރު

ޕީސީބީގެ ރައީސަށް ރުހުން ހޯދަން މަޖިލީހަށް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމަށް އައްޔަންކޮށްފައިވާ މުހައްމަދު އަނަސް އަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަަޅައިފި އެވެ.

އޭނަ ޕީސީބީގެ ރައީސްގެ މާގަމަށް އަނަސް އައްޔަންކުރީ މިދިޔަ މަހުގެ 13 ގަ އެވެ.

އަނަސް އަށް ރުހުން ހޯދުމަށްޓަކައި ރައިސުލް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮއްނުވި މައްސަލަ މަޖިލީހުގެ ނިއަދު ޖަލްސާގައި އިއުލާންކޮށްފައިވެ އެވެ. އަސި އެ މައްސަލަ ދިރާސާކުރުމަށްޓަކައި ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ޕީސީބީ ބޯޑުގެ ރައީސްގެ މަގާމަށް އަނަސް އައްޔަންކުރީ ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ހަމްދީ އަގީލް މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ. ހަމްދީ އަގީލް މަޤާމުން ވަކިކުރެއްވީ ފެބްރުއަރީ މަހުގެ 13 ގަ އެވެ.

އަނަސް އަކީ ގައުމީ ޔުނިވަސިޓީން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން ފިނޭންސް މިނިސްޓްރީގެ ނައިބުކަމާއި އެޗްޑީސީގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަގާމު ވެސް ފުރުއްވި އެވެ.