Last Updated: April 9, 22:41
Wednesday, April 9, 2025
މުނިފޫހިފިލުވުން

'ފެށުމާއި ނިމުން' 28 ގައި

ޑާކް ރެއިން އެންޓަޓައިންމަންޓްގެ އާ ސީރީޒް "ފެށުމާއި ނިމުން" މި މަހުގެ 28 ގައި ޕްރީމިއާ ކުރަން ނިންމައިފި އެވެ.

މި ސީރިޒް ވެސް ސްޓްރީމް ކުރާނީ އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ސީރީޒް "ރޯލީމޭ" ވެސް ސްޓްރީމްކުރި މީޑިއާނެޓްގެ އެމްއެސް ވީޑިއޯކުލަބުންނެވެ.

"ފެށުމާއި ނިމުން" އަކީ "ރޯލީމޭ" ގެ ވެސް ސްކްރީންޕްލޭ ވެސް ލިޔުނު ޝަހުދާ މަހުމޫދުގެ ސްކްރިޕްޓަކަށް ހަމަ އެ ސީރީޒްގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ޖުމްލަ 10 އެޕިސޯޑްގެ މި ސީރީޒްގެ ލީޑް ތަރިިންނަކީ "ރޯލީމޭ" ގައި ވެސް މުހިއްމު ރޯލުތަކެއް ކުޅުނު ޝަރަފު އަބްދުﷲ އާއި އައިމިނަތު ޝުހާ އެވެ.

"ފެށުމާއި ނިމުން" ގެ އިތުރު ކާސްޓުންގެ ތެރޭގައި މޫސާ އަލީފް، ހުސައިން ސާމީ އާއި ދަރާ މުހައްމަދު ރަޝީދާއު އިތުރުން ފައިނާ އަދި މުހައްމަދު އަފްރާހް ހިމެނެ އެވެ.

"ފެށުމާއި ނިމުން" ގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.

މި ސީރީޒް ޕްރީމިއާކުރާ ތާރީހު މިއަދު އިއުލާންކުރި އިރު، އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށްފައިވާ ސީރީޒް "އިމްތިހާން" މި މަހުގެ 10 ގައި މީޑިއާނެޓުން ޕްރީމިއާކުރާނެ އެވެ.