Last Updated: April 11, 06:32
Friday, April 11, 2025
ޚަބަރު

ޖޭއެސްސީ އަށް ޝަހީދު އަައްޔަންކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު މިއަދު ޢައްޔަންކޮށްފި އެވެ. ކުރައްވައިފިއެވެ.

އޭނަ އެ މަގާމަޑް އައްޔަންކުރީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސައިންޝަހީދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖޭއެސްސީގެ މެންބަރުކަމަށް ޝަހުދީ އައްޔަންކުރީ ޖޭއެސްސީ ޤާނޫނު ޤާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ޝަހީދު ޢައްޔަން ކުރުމުގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒިގެ ލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ހުވާކުރެއްވި އެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، އޮނަރަބްލް އަލްއުސްތާޛު ޙުސައިން ޝަހީދާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ޝަހީދަކީ، ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެ ސް އަދާކުރެއްވި ބޭފުޅެކެވެ. އޭނަ އަކީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލްއެލްބީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ މިދިޔަ މަހުގެ 19 ގަ އެވެ. އޭނަ ފަނޑިޔާރަކަށް އައްޔަންކުރީ ކުރިން ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.