Last Updated: April 11, 06:32
Friday, April 11, 2025
މުނިފޫހިފިލުވުން

'ޕެއްޑީ' ގެ ޓީޒާއެއް، ފިލްމު އަންނަ އަހަރު

މަޝްހޫރު ތެލެގޫ އެކްޓަރު ރާމް ޗަރަންގެ "ޕެއްޑީ" އަންނަ އަހަރު ގެނެސްދޭން ނިންމައި، އޭގެ ޓީޒާއެއް އާންމުކޮށްފި އެވެ.

ޖާންވީ ކަޕޫރްގެ ބަތަލާގެ ރޯލު ކުޅެފައިވާ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ މާޗް 26 ގަ އެވެ. "ޕެއްޑީ" ގެ ކާސްޓްގައި ދިވްޔެންޑޫ، ޝިވާ ރާޖްކުމާރު އަދި ޖަގަޕަތީ ބާބޫ ވެސް ހިމެނެ އެވެ. މީގެ ޑައިރެކްޓަރަކީ ހުނަރުވެރި ތެލެގޫ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ އެވެ.

އިންޑިއާގެ އެންމެ ނުފޫޒު ގަދަ ތެލެގޫ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަރަންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީގައި ގެނެސްދިން ޕޮލިޓިކަލް އެކްޝަން ފިލްމު "ގޭމް ޗޭންޖާ" އެވެ.

އޭނަ އަކީ "އާރްއާރްއާރް" އާއި "މަގަދީރާ" ފަދަ ބޮޑެތި ބްލޮކްބަސްޓާތައް ކުޅެފައިވާ ތަރިއެކެވެ.