ދުންފަތާ ދެކޮޅަށް ފިލިޕީންސް އިން ކުރަމުން އަންނަ މަސަައްކަތުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕާއި އީ-ސިނގިރެޓް ނައްތާލައިފި އެވެ.
ވެރިރަށް މެނީލާގެ ދެކުނު ކަސްޓަމް ހާބަރުގައި ނައްތާލާފައި ވަނީ 2.9 މިލިއަން ވޭޕާއި އީ-ސިނގިޓެވެ. ޕިލިޕީންސަށް ވަގަށް އެތެރެކޮށްފައިވާ އެ ތަކެތީގެ އަގު 3.2 ބިލިއަން ޕެސޯ (157 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
އެ ތަކެތި ނައްތައިލީ ރައީސް ފާޑިނަންޑް އާރް މާކޯސް ޖޫނިއާގެ ހާޒިރުގަ އެވެ. ތަކެތި ނައްތައިލަން ކުރިއަށް ގެންދިޔަ އިރު ކަސްޓަމްސް ކޮމިޝަނަރު ބިއެންވެނިޑޯ ރުބިއޯ އާއި ފިނޭންސް ސެކްރެޓަރީ ރާފް ޓެކްކޯގެ އިތުރުން ޓްރޭޑް ސެކްރެޓަރީ ކްރިސްޓީނާ އަލްޑެގޯރް-ރޯގް ވެސް ބައިވެރިވެވަޑައިގަތެވެ.
ޕިލިޕީންސްގެ ކުރިއަށް އޮތް ޖީލު ދުންފަތުގެ ވަބާ އިން ސަލާމަތް ކުރަން ވޭޕާއި އީ-ސިނގިރެޓްގެ މުއާމަލާތްތައް ހާއްސަ ހުއްދަތަކެއްގެ ނޫނީ ނުކުރެވޭ ގޮތަށް ހަދާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.