ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުގެ މަގާމަށް މުޙައްމަދު މުޖުތާޒް ޢައްޔަން ކުރުމާ ގުޅޭ މައްސަލަ މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފި އެވެ.
އެ ކޮމިޝަނުގެ މެންބަރުގެ މަގާމެއް ހުސްވީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހުން މަސައްކަތް ކުރަމުން ދަނިކޮށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނަ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފެށީ މުވައްޒަފުން ރެކްރޫޓް ކުރުމުގައި ހުރި ބައެއް މައްސަލަތަކާއި އިތުރު އެހެން ވެސް ބައެއް ތުހުމަތުތަކާ ގުޅިގެންނެވެ.
ރަޝީދު އިސްތިއުފާ ދެއްވުމުން ސީއެސްސީގެ މެންބަރު ކަމަށް ރައީސް އޮފީހުން ހުޅުވައިލީ މިދިޔަ މަހުގެ 12 ގަ އެވެ.
މުޖުތާޒު ސީއެސްސީ އަށް ޢައްޔަން ކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެ އެވެ.