ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް ޝައުގުވެރިވާ އެ އެސޯސިއޭޝަނުގެ މެމްބަރުންނާއި އެކަޑެމީ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެސޯސިއޭޝަނުން ބުނީ ޝައުގުވެރިވާ މެމްބަރުންނާއި އެކަޑެމީ މެމްބަރުންނަށް އެޕްލައި ކުރަން ހުޅުވާލާފައި ވަނީ މި މަހުގެ 17 އާ ހަމަައަށް ކަމަށެވެ.
ވީއޭއެމްގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ޢުމުރުން 10-19 އަހަރާ ދޭތެރޭގެ ޢުމުރުފުރާއަށެވެ