މަަސައްކަތްތައް ފެށި ނަމަވެސް ނުނިމާވާ 18 ރަށެއްގެ ސްކޫލްތަކުގެ މަސައްކަތްތަށް ކުރުމަށް ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްތްރީން އެ މަސައްކަތްތައް ހަވާލުކުރީ ފެނަކަ އާއި އެމްޓީސީސީގެ އިތުރުން އާރްޑީސީއާ އެވެ. އެއީ 114.9 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުތަކަކީ ސަރުކާރުން ދޭން ޖެހޭ ފައިސާ ދައްކައި، އެ މަޝްރޫއުތައް ފެށުމަށް އެކި ތާރީޚުތައް ބައެއް ކުންފުނިތަކަށް ދިނުމަށް ފަހު ވެސް އެ މަސައްކަތްތައް ފަށާފައި ނުވާ މަޝްރޫޢުތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މި 18 މަޝްރޫއުތަކުގެ ތެރެއިން 15 މަޝްރޫއެއް ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ހއ. މޮޅަދޫ، ހދ. ނޮޅިވަރަންފަރު، ހދ. ނޭކުރެންދޫ،ށ. ބިލެތްފަހި، ރ. އންނަމާދޫ، ރ. ދުވާފަރު، ބ. ކުޑަރިކިލު، އއ. މަތިވެރި، ތ. ގާދިއްފުށި، ގދ. ވާދޫ، ހއ. މާރަންދޫ، ކ. ގުޅި، ތ. މަޑިފުށި، ހދ. ނައިވާދޫ، އަދި ލ. މާވަށުގައި ކުރިއަށްދާ މަޝްރޫޢުތަކެވެ.
އާރްޑީސީ އަށް ދިނީ ދެ މަޝްރޫއެކެވެ. އެއީ އއ. މާޅޮސް އަދި އދ. ފެންފުއްޓެވެ. އެވެ. އަދި މ. ވޭވަށު ސްކޫލުގެ ނުނިމި ހުރި މަސައްކަތް ހަވާލުކުރީ ށްފައިވަނީ ފެނަކައާ އެވެ.
ހިޔާލު ފާޅުކުރައްވާ