Last Updated: April 7, 20:58
Tuesday, April 8, 2025
ޚަބަރު

މިނިސްޓަރު ހަލީލް މޯލްޓާ އަށް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު - ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މޯލްޓާއަށް މިއަދު ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު އިއަން ބޯގްއާ ބައްދަލުކުރައްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އަދި އެ ގައުމުގެ ކެބިނެޓުގެ އިތުރު އެހެން ބައެއް ވަޒީރުންނާ ބައްދަލުކުރައްވައި މަޝްވަރާތައް ހަލީލު ބާއްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން އިއާދަކުރަނިވި ހަކަތަ އަދި ވިޔަފާރީއާއި ޓޫރިޒަމްގެ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަކުރުން ހިމެނެ އެވެ.