ރިސޯޓް ތަރައްގީ ކުރަން އެމްއާރްއޭސީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ފަޅަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ޒިޔާރަތްކުރައްވައިފިއެވެ.
މިނިސްޓްރީން ބުނީ މިނިސްޓަރުގެ އެ ޒިޔާރަތުގެ މަގުސަދަކީ އެ ސަރަޙައްދުގައި ކުރިއަށްދާ ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން ކަމަށެވެ.
މިނިސްޓަރ ވަޑައިގަތުމުން، މަޝްރޫޢު ހިންގާ ފަރާތުގެ މެނޭޖްމަންޓް ޓީމުން އެ މަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައި މަޝްރޫޢުގެ މުހިންމު ލަނޑުދަނޑިތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށްފައިވެ ވެ. އަދި މަޝްރޫޢުގެ ސައިޓް ތައްޔާރު ކުރުމުގެ މަސައްކަތްތަކާއި އޭގެ ތެރޭގައި ހިއްކާފައިވާ ބިމާއި އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ވެސް މިނިސްޓަރު ބައްލަވާލެއްވި އެވެ.
މި ޒިޔާރަތުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅުވައި މިނިސްޓަރު ރުކެއް އިންދެވި އެވެ.