Last Updated: April 16, 21:01
Wednesday, April 16, 2025
ޚަބަރު

މޯލްޓާއާ އިތުރަށް ގުޅުން ބަދަހި ކުރަން މަޝްވަރާކޮށްފި

ރާއްޖެ އާއި މޯލްޓާއާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާކޮށްފައި ވަނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އިއްޔެ އެ ގައުމަށް ފެއްޓެވި ރަސްމީ ދަތުރުގެ ތެރެއިން މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު ޑރ. އިއަން ބޯގްއާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ރާއްޖެ އާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެޤައުމު ކަމަށާއި މި ދަތުރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.

އަދި ކިދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން، ރާއްޖެއާ މޯލްޓާއާ ޚާއްޞަކޮށް އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި، ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށާއި ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، މަތީ ތަޢުލީމު ދާއިރާ އާއި ގުޅުން ވަރުގަދަކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.