އިމިގްރޭޝަންގެ ރަސްމީ ގަޑިއަށް ބަދަލު ގެނެސްފި އެވެ.
މިހާތަނަށް އިމިގްރޭޝަނުން ރަސްމީ ގަޑީގެ ގޮތުގައި ޚިދުމަތް ދިނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.
އެ އިދާރާއިން ބުނީ މިއަދުން ފެށިގެން ޚިދުމަތް ދޭ ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް ކަމަށެވެ. އެއީ ސިވިލް ސާވިސްގެ ހިދުމަތްތައް ވެސް ދޭ ގަޑި އެވެ.
އިމިގްރޭޝަނުން ބުނީ ކުރިން ހިދުމަތް ދެމުން އައި ވަގުތަށް ބަދަލު އައިސް ވަގުތު ކުރުވި ނަމަވެސް ހުރިހާ ޚިދުމަތެއް ވެސް ފޯރުކޮށް ދޭނެ ކަމަށެވެ.
އިމިގްރޭޝަނުން މައިގަނޑުކޮށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވިސާ އާއި ޕާސްޕޯޓުގެ ޚިދުމަތް ހިމެނެއެވެ. އެ ހިދުމަތްތައް މިހާރު މާލެ ސަރަހައްދާއި އައްޑޫގައި ހަފުތާ ބަންދު ދުވަހެއް ކަމަށްވާ ހޮނިހިރު ދުވަހު ވެސް ދެ އެވެ.