ބައެއްގެ މުދާތަކެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މައްސަލަތަކަކާ ގުޅިގެން ދެ މީހަކު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ޖެހޭތީ އެ ދެ މީހުން ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށް ދޭން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އެ ދެ މީހުންނަކީ ލ. މާބައިދޫ، ކަނީރުވިލާ، މުޙައްމަދު ޙައްސާން، 31، އާއި ދަފުތަރު ނަންބަރު ރސ 5624، އަޙްމަދު ޝައިރަފް، 30 އެވެ.
މި ދެ މީހުންގެ ތެރެއިން ހައްސާން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ޖެހެނީ މާދަމާ ހެނދުނު 10:30 އަށެވެ. އަދި ޝައިރަފް ހާޒިރު ކުރަން ޖެހެނީ މާދަމާ މެންދުރު ފަހު 1:00 އަށެވެ.
އެހެންވެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުން އެދިފައިވެ އެވެ.