Last Updated: April 17, 06:16
Thursday, April 17, 2025
ޚަބަރު

ގެއަކަށް ވަދެ ބިރު ދެއްކި މީހުން ދޫކޮށްލައިފި

މިދިޔަ މަހުގެ ތެރޭގައި މާލޭގެ ގެއަކަށް ވަދެ، އެ ގޭގެ ވެރިމީހާ އަށް ބިރުދެއްކި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

އެމީހުން ދޫކޮށްލުމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ކުރި އަމުރުގައި ބުނެފައި ވަނީ އެ ހަތަރު މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައިގަންފައިވާތީ އެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް އެ އޮފީހުން އެދިފައިވާ ކަމަށެވެ.

ނަމަވެސް އެ މީހުން ދޫކޮށްލީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އެކަށީގެންވާ ވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައި ނެތް ކަމަށް ބުނެ އެެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް، 23، އާއި ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް، 21، އާއި ނ. މަނަދޫ، ހޭވަލި، މުހައްމަދު އަޒާން، 23، ގެ އިތުރުން ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު، 21، އެވެ.

އެ ހަތަރު މީހުން ހައްޔަރުކުރީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިއަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައިގަ އެވެ.

އެމީހުން ހަައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވީ އިއްޔެ އެވެ.