Last Updated: April 17, 05:55
Thursday, April 17, 2025
ޚަބަރު

އަލީ ރަމީޒް ސްޕޯޓްސް އެކަޑެމީއެއް ހަދަނީ

އަލީ ރަމީޒު ދާދި ފަހުން އުފެއްދި ޖަމިއްޔާ 'މަންފާ" ޖަމިއްޔާ އިން ފުޓްބޯޅަ ތަރި، އަލީ އަޝްފާގް (ދަގަނޑޭ) އާ ގުޅިގެން ސްޕޯޓްސް އެކަޑަމީއެއްގެ ހަދަން ނިންމައިފި އެވެ.

މި ވާހަކަ އޭނަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"އަލްހަމްދުﷲ، މަންފާގެ ސްޕޯޓްސް އެކަޑަމީއެއް ވުޖޫދަށް އަންނަނީ، އިންޝާﷲ،" ޕޯސްޓްގައި ބުންޏެވެ.

އެ ސްޕޯޓްސް އެކަޑެމީގެ ކަންކަމާ މިހާރު އިސްކޮށް ހަވާލުވެ ހުރީ މަޝްހޫރު ވޮލީ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.