Last Updated: April 17, 06:16
Thursday, April 17, 2025
ޚަބަރު

ގައްދޫ ކައުންސިލުން އިންޓާންޝިޕަކަށް ހުޅުވާލައިފި

ގދ. ގައްދޫ ކައުންސިލުން އިންޓާންޝިޕަކަށް ހުޅުވާލައިފި އެވެ.

ކައުންސިލް އިދާރާގައި މަސައްކަތްކޮށްގެން ތަޖުރިބާ ހޯދުމުގެ ފުރުސަތު ހުޅުވައިލީ 16-30 އަހަރާ ދެމެދުގެ ދެ ޒުވާނުންނަށެވެ. ހަ މަސް ދުވަހުގެ މި އިންޓާންޝިޕްގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165ރ، އާއި އިތުރު ގަޑީގެ އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 20ރ. ދޭނެ އެވެ. މަސައްކަތް ކުރަން ޖެހޭނީ ހަ ގަޑިއިރު އެވެ.

އޯ ލެވެލް ފެންވަރުގެ މީހުންނަށް ހުޅުވައިލި މި ފުރުސަތުގައި ކުރަން ޖެހޭނީ ކައުންސިލުން އަންގާ ގޮތެއްގެ މަތިން އިދާރީ މަސައްކަތްތަކެވެ.

ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 20 އާ ހަމައަށެވެ. އިންޓާންޝިޕަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރުން އޮންނާނީ މި މަހުގެ 23-27 އާ ދޭތެރޭގަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ގައްދޫ ކައުންސިލް އިދާރާގެ ނަންބަރު 6840003 އިން ހޯދޭނެ އެވެ.