މިދިޔަ މަހުގެ ފަހުކޮޅު އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ އަށް އިންޑިއާ އަށް ގެންގޮސްފި އެވެ.
އެ މީހާ އިންޑިއާ އަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން އެ މަހުގެ 25 އިން ފެށިގެން އައިޖީއެމްއެޗްފައި ފަރުވާ ދިނުމަށް ފަހު އެވެ. އެ 31 އަހަރު މީހާ ވަރަށް ފިހި ހާލު ދެރަކަމުން މި މަހުގެ 6 އާ ހަމައަށް ފަރުވާ ދިނީ ވެންޓިލޭޓަރުގަ އެވެ.
އެ މީހާ ހާދިސާގައި އަންހެނުން ފިހުނެވެ. އޭނަ އަށް އައިޖީއެޗްގައި ފަރުވާ ދެނިކޮށް މިދިޔަ މަހުގެ 31 ގައި ވަނީ މަރުވެފަ އެވެ.
ދެމަފިރިން ނިދާ ކޮޓަރީގައި ރޯވި ހާދިސާ ހިނގި އިރު، އެ މީހުންގެ ފަސް އަހަރުގެ ކުއްޖަކު ވެސް ހުރެ އެވެ. ނަމަވެސް ރޯވި ހާދިސާ ހިނގި ވަގުތު ކުއްޖާ ކޮޓަރީގައި ނެތް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ކޮޓަރީގައި ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަކަށް ސާފެއް ނުވެ އެވެ.