Last Updated: April 17, 22:54
Thursday, April 17, 2025
ޚަބަރު

'އުރީދޫ ފަން ރަން' އައްޑޫގައި

އުރީދޫ މޯލްޑިވްސް އިން ސިލްސިލާކޮށް ބާއްވަމުން އަންނަ "އުރީދޫ ފަން ރަން" ގެ މި އަހަރުގެ އެޑިޝަން އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ އެ ކުންފުންޏަށް މި އަހަރުގެ އޮގަސްޓް 13 ގައި 20 އަހަރު ފުރޭތީ އެކަމާ ގުޅުވައި ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ހިއްސާކުރަން ބޭއްވި ޕްރެސްގަ އެވެ.

"އުރީދޫ ފަން ރަން 2025" އައްޑޫގައި ބާއްވަން ނިންމާފައި ވަނީ އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އަންނަ ޖޫން މަހުގެ 27 ގަ އެވެ.

އުރީދޫން ބުނީ އެ އިވެންޓާ ގުޅޭ އިތުރު މައުލޫމާތާއި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ. "އުރީދޫ ފަން ރަން" އަކީ ރާއްޖޭގައި ބާއްވާ ބޮޑެތި ދުވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓެވެ. މި އިވެންޓަކީ ވަރަށް ކުލަގަދަކޮށް، ވަރަށް ގިނަ އަދަދެއްގެ ބަޔަކާ އެކު ބާއްވަމުން އަންނަ އިވެންޓެކެވެ.

"އުރީދީ ފަން ރަން" އެންމެ ފަހުން ބޭއްވީ ފުވައްމުލަކުގަ އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.