Last Updated: April 18, 06:35
Friday, April 18, 2025
ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މި މީހުން އަތުލައިގެންފައި ވަނީ ރޭ 21:55 ހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، މި އޮޕަރޭޝަނުގައި، ބަނގުރާ ހިފައިގެން ދަތުރުކުރާކަމަށް ޝައްކު ކުރެވުނު އުޅަނދެއް ބަލައި ފާސްކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ އުޅަނދުން ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅައިފައި ހުރި 54 ފުޅި ފެނުނު ކަމަށާއި އަދި އެ ވެހިކަލް ޓޯކުރުމަށްފަހު އެތަކެތި ހިފައިގެން ދަތުރުކުރި ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްރީ ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ.