Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

އައިޖީއެމްއެޗަށް ނަރުހުން ހޯދަނީ

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗަށް ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ހޮސްޕިޓަލުން ހޯދަން އިއުލާންކުރީ ދެ ރޭންކަކުން ދާއިމީ ރަޖިސްޓާޑް ނަރުހުންނެވެ. ނަރުހުން ހޯދާ ދެ ރޭންކަކީ 5 އާއި 7 އެވެ.

ރޭންކް 5 ގެ ނަރުހުންގެ އަސާސީ މުސާރަ އަކީ މަހަކު 11،428ރ. އެވެ. މީގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި 5،333ރ. އާއި ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވަހަކަށް 144ރ. ލިބޭނެ އެވެ. ރޭންކް 7 ގެ ނަރުހުންގެ އަސާސީ މުސާރަ އަކީ މަހަކު 13،057ރ. އެވެ. އަދި މަގާމުގެ އެލަވަންސަށް 6،094ރ އާއި ހާޒިރީ އެލަވަންސަށް ދުވާލަކަށް 165ރ. ލިބޭނެ އެވެ.

އައިޖީއެމްއެޗްގައި މަަސައްކަތް ކުރަން ޝައުގުވެރިވާ ނަރުހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 8 އާ ހަމައަށެވެ.