Last Updated: April 20, 20:39
Sunday, April 20, 2025
ޚަބަރު

ކެފޭތަކަކުން އިތުރު ބިދޭސީންގެ އަތުލައިގެންފި

ހުޅުމާލޭގެ ކެފޭތަކެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެެވެ.

އިމިގްރޭޝަނުން މިއަދު އެ މީހުން އަތުލައިގަތީ އިއްޔެ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެއްގައި ހަތަރު ކެފޭއަކުން ކަމަށެވެ. އެގޮތުން އެ ތަންތަނުން ފަސް މީހަކު އަތުލައިގެންފައިވެ އެވެ.

މި ހަފުތާގެ ތެރޭގައި މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ވެސް 16 ބިދޭސީއަކު ފުލުހުން އަތުލައިގެންފައިވެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން އަންނަނީ ވަރަށް ފުޅާކޮށް މާލެ އާއި ހުޅުމާލޭގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓްކުރަން "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޕޯޓަލެއް ވެސް ގާއިމުކޮށްފައިވެ އެވެ.