ފުލުހުންގެ 92 އަހަރީ ދުވަހާ ގުޅުވައިގެން ގަސް އިންދުމުގެ ހަރަކާތެއް ފަށައިފި އެވެ.
އދ. މާމިގިލީގައި އެ ހަރަކާތް ފައްޓަވައި ދެއްވީ ޕޮލިސް ކޮމިޝަނަރިު ޢަލީ ޝުޖާއު އެވެ.
މި ހަރަކާތުގެ ތެރެއިން، މާމިގިލީގައި 10 އަނބުގަސް އިންދާފައިވާ އިރު ފުލުހުން ގާއިމުވެ ތިބި ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަހަރީ ދުވަހާ ގުޅުވައިގެން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށި، ސަރުކާރުން އޮތީ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެެއް ވެސް ފަށައިފަ އެވެ. މިދިޔަ އަހަރުގެ ޖޫންގައި ފެށި އެ މަޝްރޫއގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބައި މިލިއަނެއްހާ ގަސް އިންދާފައިވެ އެވެ.
ފުުހުންގެ އަހަރީ ދުވަހަކީ މާޗް 29 އެވެ.
އެ ދުވަހާ ގުޅުވައިގެން ފުލުހުން ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.