އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝައްމާމް ވަހީދު ހައްޔަރުކޮށް ބަންދުކުރި މައްސަލައިގެ އިސްތިއުނާ ބަލައިގަންނަން ހައި ކޯޓުން ނިންމައިފި އެވެ.
އޭނަ މިދިޔަ މަހުގެ 21 ގައި މަގާމުން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖެހި ވަކީލުންގެ ފަރާތުން ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
އިސްތިއުނާފު މައްސަލަ ބަލައި ގަންނަން ނިންމީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ ކަމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމި ނިންމުން ބާތިލު ކުރުމަށް ފަހު އެވެ. އެގޮތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ނިންމީ އެ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއި ފާތިމަތު ފަރުހީޒާ އަދި މުހައްމަދު ސަލީމެވެ.
ޝައްމާނާއި އިމިގްރޭޝަނުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުން އަންނަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނަގެ އަތުން 530،000ރ. ނެގި ކަމަށް ބުނާ މައްސަލައެކެވެ.
އެ މައްސަލައިގައި ޝަމާން މިހާރު ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.