ސްކޫލުތަކަށް އިނގިރޭސި ފޮތް ފޯރުކޮށް ދިނުމަށްޓަކައި ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެކަން ހަވާލުކޮށްފައި ވަނީ ގުޑްލައިފް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ އެވެ.
މިނިސްޓްރީގެ ފަރާތުން އެކަމުގެ އެެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުއްލަޠީފް މުޙައްމަދެވެ. ގުޑްލައިފް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނާޝިދެވެ.
މިއީ މަސައްކަތަކީ "އެޓޯލް އެޑިޔުކޭޝަން ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްދާ މަސައްކަތެެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިއީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.