މި އަހަރުގެ ފިޠުރު ޒަކާތަށް ލިބުނު ފައިސާގެ ތެރެއިން ބައި މިލިއަން ރުފިޔާގެ ކާބޯތަކެތީގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށް ދީފި އެވެ.
ރާއްޖޭގެ ޒަކާތު ހައުސްއިން އެ ފައިސާ ހަވާލުކޮށްފައިވަނީ އިސްރާ އެސޯއިއޭޝަނާ އެވެ.
ޒަކާތު ހައުސްއަށް ދިވެހި ލޮބުވެތި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ފޮނުވި ބައިމިލިއަން ދިވެހި ރުފިޔާގެ ކާބޯތަކެތި ވާޞިލްވެއްޖެ. އަލްޙަމްދު ލި ﷲ. pic.twitter.com/TpZoFEIMab
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 10, 2025
އެ އެސޯސިއޭޝަނާއި ފަލަސްޠީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން މި އެހީ މިހާރު ވަނީ ފަލަސްޠީނު ރައްޔިތުންނާ ހަމައަށް އެހީ ފޯރުކޮށް ދީފަ އެވެ.
ޒަކާތު ފަންޑު މެދުވެރިކޮށް މީގެ ކުރިން ވެސް ފަލަސްތީނަށް ގިނަ އެހީތަކެއްވެ ދީފައިވެ އެވެ.