Last Updated: April 18, 11:03
Friday, April 18, 2025
ޚަބަރު

ގާސިމް އިމާރާތްކޮށްދޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ގާސިމް އިބްރާހީމްގެ ހަރަދުގައި އޭނަގެ އުފަން ރަށުގައި ހަދަން ހުށަހެޅުއްވި ފުލުހުންގެ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކޮށް އެތަނުގެ ބިންގ އަޅައިފި އެވެ.

މާމިގިލީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއި ކުރައްވައި، ބިންގާ އަޅުއްވައި ދެއްވީ ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އެވެ.

ވިލާ ފައުންޑޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ މެންބަރު ގާސިމެވެ.

މާމިގިލީ ފުލުހުންގެ މަރުކަޒަކީ ގާސިމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށް ދެއްވާ މަރުކަޒެކެވެ.

މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަނާއި މެސްރޫމް ވެސް ހިމެނެ އެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.