Last Updated: April 18, 17:57
Friday, April 18, 2025
ޚަބަރު

އައްޑޫގެ މިސްކިތްތައް ސޯލާކުރަން ހަވާލުކޮށްފި

އައްޑޫގެ ބައެއް މިސްކިތްތައް ސޯލާކުރުމަށް އައްޑޫ ކައުންސިލުން ބަޔަކާއި މިއަދު ހަވާލުކޮށްފި އެވެ.

އައްޑޫގެ 18 މިސްކިތް ސޯލާ ކުރުމުގެ މަސައްކަތް ކައުންސިލުން ހަވާލުކޮށްފައިވަނީ ވިންގް އޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ކައުންސިލުން ބުނީ މިއީ ސައިޓް ހަވާލުކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެވިގެން 2،250،261.00 ރުފިޔާ ޚަރަދުކުރެވިގެން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށެވެ.

އައްޑޫގެ މިސްކިތްތައް ސޯލާކުރަން ބަޔަކާއި ހަވާލުކޮށްފައިވާއިރު، އައްޑޫގެ މިސްކިތްތަކުގެ އަދަދު 70 އާ ގާތްކުރެ އެވެ. އައްޑޫގެ ގިނަ މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.