Last Updated: April 18, 17:57
Friday, April 18, 2025
ޚަބަރު

ފައިސާ ދޫކުރަނީ 5 ޕާޓީއަކަށް

ރާއްޖޭގެ ސިޔާސީ ފަސް ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުން އެ ޕާޓީތަކަށް ދޫކުރާ ފައިސާގެ އަދަދު 27.9 މިލިޔަނަށް ވުރެ ގިނަ އެވެ.

ފައިސާ ދޫކުރަން ނިންމާފައިވާ ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންސީ އެވެ. މި ޕާޓީތަކަކީ ދައުލަތުގެ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކެވެ. މި ޕާޓީތަކަށް ޖުމްލަ 27،911،256 ރުފިޔާ ދޫކުރާނެ ކަމަށް އިސީން ބުންޏެވެ.

ބަޖެޓުން ޕާޓީތަކަޑް ފައިސާ ދިނުމަށް ޝަރުޠު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފުތަރުގައި 10،000 މީހުން ހަމަވާ ނަމަ އެވެ.

ފައިސާ ދޫކުރާ ޕާޓީތަކާއި ޢަދަދު:

• އެމްޑީޕީ: 8.4 މިލިޔަން ރުފިޔާ
• ޖުމްހޫރީ ޕާޓީ: 2.6 މިލިޔަން ރުފިޔާ
• އެމްޑީއޭ: 1.7 މިލިޔަން ރުފިޔާ
• ޕީއެންސީ: 13.3 މިލިޔަން ރުފިޔާ
• އަދާލަތު: 1.7 މިލިޔަން ރުފިޔާ

ފައިސާ ލިބޭ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު:

• ޕީއެންސީ: 68،968 މެންބަރުން
• އެމްޑީޕީ: 43،755 މެންބަރުން
• ޖުމްހޫރީ ޕާޓީ: 13،826 މެންބަރުން
• އެމްޑީއޭ: 9،210 މެންބަރުން
• އަދާލަތު ޕާޓީ: 9،049 މެންބަރުން

އީސީން ބުނީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި ވަނީ ބޮލަކަށް 193.23ރ. ރުފިޔާގެ މަގުން ކަމަށެވެ.

މިހާރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ޕާޓީއެއް އެބައޮތެވެ.