ފުލުހުންގެ ބެލުމުގެ ދަށުގައި މަރުވާން އުޅުނު މީހާ މަރުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓައި މި މަހުގެ 4 ގައި އަމިއްލައަށް މަރުވާން އުޅުނު މައްސަލަގައި ފަރުވާ ދެމުން ދިޔަ އެ ސިޓީގެ މަނާޒް، ސާޖިދު ސަމީރު، 34، މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ އެވެ. އޭނަ އަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން ފުލުހުން ސާޖިދު ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހު އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނަ އަމިއްލައަށް މަރުވާން މަސައްކަތްކުރި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.