Last Updated: April 18, 17:32
Friday, April 18, 2025
ޚަބަރު

ހިތަދޫ ފެރީ ޓާމިނަލް ހަދަން ހަވާލުކޮށްފި

އައްޑޫ ހިތަދޫ ބަނދަރުމަތީގައި ފެރީ ޓާމިނަލް ހަދަން ބަޔަކާ ހަވާލުކޮށްފި އެވެ.

ކައުންސިލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަރަދޫ ކުންފުންޏެއް ކަމަށްވާ ވޭމާޓްއާ އެވެ. އެ އެެއްބަސްވުމުގައި އިއްޔެ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.

ކައުންސިލުން ބުނީ ފެރީ ޓާމިނަލް ހަދަން ވޭމާޓްއާ ހަވާލުކުރީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 85 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 979،510.01ރ. އަށް ކަމަށެވެ.

ހިތަދޫގައި ފެރީ ޓާމިނަލެއް ހަދަން ބަޔަކާ ހަވާލުކުރި އިރު، އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން އެންމެ ފަހުން ބީލަމަށް ހުޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ހިތަދޫގައި ފެރީ ޓާމިނަލެއް ނެތުމުގެ ޝަކުވާ އަކީ ޒަމާންވީ ޝަކުވާއެކެވެ.