އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ އާ ފުޓްސަލް ދަނޑު ހަދަން ހަވާލުކޮށްފި އެވެ.
ކައުންސިލުން އެ މަސައްކަތް މި މަހުގެ 9 ގައި ހަވާލުކުރީ ލަކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ އެެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އެވެ.
ކައުންސިލުން ބުނި ގޮތުގައި ފުޓްސަލް ދަނޑު ހަދަން ލަކްސްއާ ހަވާލުކުރީ 165 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އަދި މިކަމަށް 1,374,227.85ރ. ހަރަދުވާނެ ކަމަށް ބުންޏެވެ.
ފޭދޫގައި މަގުއްދޫ ދާއިރާގައި ފުޓްސަލް ދަނޑެއް އަޅަން ނިންމީ 2022 ގެ ތެރޭގަ އެވެ. އަދި އެ ޕްރޮޖެކްޓް ބީލަމަށް ލީ މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ.
ފޭދޫގައި މީގެ ކުރިން ވެސް ފުޓްސަލް ދަނޑެއް އަޅާފައިވެ އެވެ. އެ ވަށު މާދެލަ ދާއުރާގައި އެ ދަނޑު އެޅީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ދަނޑު އަޅާފައި ވަނީ ފޭދޫގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކުގެ ކުރިމަތީގަ އެވެ.
އެ ދަނޑު ހުޅުވީ ޖުލައި 24، 2014 ގަ އެވެ.