Last Updated: April 20, 17:44
Sunday, April 20, 2025
ޚަބަރު

ޕާކިސްތާންގެ ވޮކޭޝަނަލް ކޯސްތަކަކަށް ހުޅުވާލައިފި

ޕާކިސްތާންގައި ހިންގާ ވޮކޭޝަނަލް އެންޑް ޓެކްނިކަލް ކޯސްތަކަކުގައި ބައިވެރިވާން ތިން ގައުމަކަށް ހުޅުވާލައިފި އެވެ.

މި ފުރުސަތުގައި 50 ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ. ކޯސްތައް ހުޅުވައިލީ ތިން ގައުމަކީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ބަންގްލަދޭޝް އެވެ.

ދަތުރާއި ހުރުމާއި ކެއުމާއި ފީ ވެސް ކޯސްތައް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭ އިރު، މައިގަނޑު ފަސް ދާއިރާއަކުން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. އެއީ ހެލްތުކެއާ އެންޑް ސޯޝަލްކެއާ، ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، ޓީޗާސް އެންޑް އެޑިއުކޭޝަނަލް ޕްރޮފެޝަނަލްސް، އައިޓީ އެންޑް ޑިޖިޓަލް އަދި ރީޓެއިލް ހޮސްޕިިޓާލިޓީ އެންޑް ކަސްޓަމާ ސާވިސް އެވެ.

މި ދާއިރާތަކުން ތަމްރީނު ދޭނީ 12-16 ހަފުތާގެ މުއްދަތަކަށެވެ. އަދި ކޯސްތައް ކުރިއަށް ގެންދާނީ ޕާކިސްތާންގެ ނެޝަނަލް ވޮކޭޝަނަލް އެންޑް ޓްރެއިނިން ކޮމިޝަން (އެންއޭވީޓީޓީސީ) އިންނެވެ.

ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 އާ ހަމައަށެވެ.