ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އެ ސިޓީގެ ޑރ. އަބުދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލި މީހުންނަށް ފަރުވާދޭ ގޮތަށް މި ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ މިމަހުގެ 24-26 އަށެވެ. އެގޮތުން މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން ގެ ޓީމެއް ބައިވެރިވާނެ އެވެ.
ޓީމްގައި ޖުމުލަ 8 ޑޮކްޓަރުން ހިމެނެ އެވެ.
* ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑރ. އާއިޝަތު އަޒުނާ
* އާންމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑރ. އަބުދުﷲ ޢުބައިދު
* ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއާގެ ޚާއްޞަ ޑރ. މުހައްމަދު ވަހީދު
* އާންމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް
* ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑރ. މުހައްމަދު ޝިފާން
* ސިކުނޑި އާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑރ. އަލީ އާ
* ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑރ. އަބުދުﷲ އަދްޡަރު
* ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑރ. އަސްއަދު މުހައްމަދު ޝަހީދު
މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެ އެވެ.
ކޭމްޕްގައި ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތަށް ހުޅުވާލައިފަ އެވެ.
މިއީ ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗްގެ އިތުރުން ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.