Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ބްރޯޑްކޮމްގެ ނައިބަކަށް ޝިފްލާ

ބްރޯޑްކާސްޓިން ކޮމިޝަންގެ ނާއިބު ރައީސް މަގާމު ހުސްވެފައިވާތގީ އެ މަގާމަށް މަގާމަށް އެ ކޮމިޝަންގެ މެމްބަރު ޝިފްލާ އިބްރާހިމް އިންތިހާބުކޮށްފި އެވެ.

ބްރޯޑްކޮމްގެ ނާއިބު ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ފަޒީންގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަކާ ގުޅިގެން މިދިޔަ މަހުގެ ތެރޭގައި ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އޭނަ އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން އޮތީ މިދިޔަ ހަފުތާގެ ތެރެގައި ހުޅުވާލައިފަ އެވެ. ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 15 އަށެވެ.

ކުރިން ޕީއެސްއެމާއި ސަންގު ޓީވީގައި ވެސް މަސައްކަތްކޮށްފައިވާ ޝިފްލާ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކުރީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ބްރޯޑްކޮމްގެ ރައީސަކީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މެންބަރު ކަމަށް އައްޔަންކުރި ސަފާ ޝަފީގެވެ.